ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓް ރިޕޯޓަކުން ފާހަގަ ކުރެވިފައިވާ ދެ މައްސަލައެއް ތަހުގީގު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެ ދެ މައްސަލަ އަކީ 2016 ވަނަ އަހަރުގެ ދެ މައްސަލަ އެވެ. ޑީޖޭއޭއިން އޭސީސީއަށް ހުށަހެޅި ދެ މައްސަލައަކީ ހުޅުމާލޭގައި ހަދާފައިވާ ސިވިލް ކޯޓުގެ ޑިވިޜަން ހެދުމުގެ މުއާމަލާތްތަކެއްގެ މައްސަލައާއި ހައި ކޯޓުގެ ނަމުގައި ކަސްރަތު ކުރަން ބޭނުން ކުރާ ޓްރެޑްމިލް އެއް ހޯދި މައްސަލައެކެވެ.

އެގޮތުން ސިވިލް ކޯޓުގެ ޑިވިޜަން މައްސަލަ އަކީ ފިނޭންސް އިން ހުއްދަ ދިނުމުގެ ކުރިން ފައިސާ ދޫކުރި މައްސަލައެކެވެ. އަދި ޓްރެޑް މިލްގެ މައްސަލައަކީ، ހައި ކޯޓުން އެފަދަ އާލާތެއް ހޯދަން އެދިފައި ނުވުމާއި، އެފަދަ އާލާތެއް ހައި ކޯޓަށް ލިބިފައި ނުވާ މައްސަލައެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *