ސަރުކާރު ހިފެހެއްޓޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޒައިދު މިއަދު ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ، އެއްވެސް ބަޔަކު އަމިއްލަ އެދުން އިސް ނުކުރައްވާ އެންމެން ވެސް ގުޅިގެން ޖަމާއަތުގެ ތެރޭގައި ތިބުމީ އެންމެނަށްވެސް އެންމެ މަސްލަހަތު ބޮޑު ގޮތްކަމަށެވެ.
ޝެއިޙް ޒައިދު މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރު ކޯލީޝަންގައި ހިމެނި ވަޑައިގަންނަވާ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ.