ހުޅުމާލޭގައި އަނެއްކާވެސް ތޫނު އެއްޗަކުން ހަމަލާދީ ކުއްޖަކު ޒަޙަމްކޮށްލައިފިއެވެ.

ޒަހަމްކޮށްލާފައި ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މިއަދު މެންދުރު ވަނީ ހުޅުމާލޭގައި އިތުރު ކުއްޖަކުވެސް ޒަހަމްކޮށްލާފައެވެ. އޭނާގެ ހާލު ސީރިއެސް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާއިރު މި ދެ މާރާމާރިއާ ގުޅިގެން ޒަހަމްވި ދެކުދިންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި ވަޅި ޖެހުމުގެ ދެވަނަ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ 12:20 ހާއިރު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *