ހުޅުމާލޭގައި ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާއަށް ހަމަލާދީފައިވަނީ 3 މީހުންގެ ގުރޫޕަކުން މިއަދު މެންދުރު 12:10 ހާއިރުއެވެ.

ޒަހަމްވި މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން ދާއިރު ހުޅުމާލޭ ހޮސްޕިޓަލްއިން ބުނެފައިވަނީ މިމާރާމާރީގައި ޒަޚަމްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިމާރީގައި ޒަޚަމްވެފައި ވަނީ އައްޑޫއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. 

ފުލުހުން ވަނީ މާރާމާރިއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. ފުލުހުން އިތުރަށް ވިދާޅުވީ މިއަދު ކައިރި ކައިރީގައި ދެ މާރާމާރިއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ ދެ މާރާމާރިއާ ގުޅިގެން 2 މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *