ޖަލާލުއްދީން މިސްކިތް ކުރިމައްޗަށް ކުނި ޖަމާ ކޮށްފައިވާ ފޮޓޮއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ޓުވިޓާގައި ރޭ އާންމުކޮށްފައިވާ ފޮޓޯއިން ފެންނަގޮތުގައި، ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގެ މައި ދޮރާށި ކުރިމައްޗަށް ގިނަ އަދަދެއްގެ ކުނި ޖަމާ ކޮށްފައި ހުއްޓެވެ. ބޮޑަށް ލަފާ ކުރެވޭ ގޮތުގައި އެކުއްޏަކީ އުކާލަން ބަހައްޓާފައި ހުރި ކުންޏެވެ. 

މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ކަން ކުރުމަކީ ގާނޫނީ ގޮތުންވެސް ކުށެކެވެ. އަދި ދީނީ ގޮތުންވެސް އެއީ ވަރަށް ގޯސް އަމަލެކެވެ. ޖަލާލުއްދީން މިސްކިތް ދޮރާށި މައްޗަށް ކުނި ޖަމާ ކޮށްފައި ހުރި ހުރުމަކީ، މިސްކިތަށް ފުރައްސާރަ ކުރުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

މަގުމައްޗަށް ކުނި އެޅުމުން، ކުނި އަޅާ ފަރާތް ޖޫރިމަނާ ކުރެވި، ކުނި އަޅާ ފަރާތުގެ ވަނަވަރު ހާމަ ކުރަން ސަރުކާރުން ވަނީ ފައްޓަވާފައެވެ. ނަމަވެސް މީސް މީޑިއާގައި ދައުރުވި މި ފޮޓޯ އިން ފެންނަ ކުނިތަށް އެޅި މީހުން ޖޫރިމަނާ ކުރިކަމެއް، ނުކުރާ ކަމެއްވެސް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *