އާދިއްތަ ދުވަހު ލަންކާގައި ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެގައުމުގައި މިރޭވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ލަންކާގެ ފުލުހުންނާއި ހަވާލާދީ ލަންކާގެ މީޑިއާ އަކުން ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ހިންގުމަށް ހަމަޖެހިފައިވަނީ މިރޭ، ލަންކާ ގަޑިން 10 އިން ފެށިގެން މާދަމާ ފަތިހު 4 ޖެހުމާ ހަމައަށް ކަމަށެވެ. ލަންކާ ގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ފާއިތުވި ފަސް ދުވަހުވެސް ވަނީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ސްރީލަންކާއަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު އަދިވެސް އެގައުމުގެ ހާލަތު ހަމައަކަށް ނޭޅެއެވެ. މިހާތަނަށް އެ ބޮމުގެ ހަމަލާ އާއި ގުޅުން ހުރި މީހުން ކަމަށް ޝައްކު ކުރެވޭ 70އަށް ވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ލަންކާގައި ބޮމުގެ ހަމަލާތަށް ދީފައިވާ ތަންތަނުގެ ތެރޭގައި ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެ ޗާޗުގެ އިތުރުން ޝަންގްރިއްލާ ހޮޓަލާއި ސިނަމަން ގްރޭންޑް ހޮޓެލަކަށާއި ދެހިވަލާގެ ސަރަހައްދެއް ހިމެނެއެވެ. ލަންކާގައި ދެވުނު ހަމަލާތަކަކީ އެގައުމުގެ ތާރީހުގައި ވެސް މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ. އެ ހަމަލާގެ ޒިންމާ ހައްދުފަހަނަ އަޅައިފައިވާ އިސްލާމިކް ސްޓޭޓްސް، އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *