ހުއިފިލަނޑާ ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ރ.އަތޮޅު ވަންދޫ ކައިރިން، "އަނބަރާ" ނަމަަކަށް ކިޔާ ދޯންޏަކުން ހުއިފިލަނޑާ ނަގަން ފޭބި ރ.ދުވާފަރު، އަބްދުﷲ އާދަމް (32އ) ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސިފައިންނާއި، ފުލުހުން ގުޅިގެން ކުރަމުން ދާ ކަމަށް އެމްއެންޑިއެފުން މައުލޫމާތު ދެއެވެ.
އަބްދުﷲ އާދަމް ގެއްލިގެން ދޯނީގެ ފަޅުވެރިން ފުލުހަށް ރިޕޯޓް ކުރީ އޭނާ ފީނަން ފޭބިތާ ދެގަޑިއިރު ފަހުންވެސް ޚަބަރެއް ނުވުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން އިތުރަށް މައުލޫމާތު ދިންގޮތުގައި ލަންޑާ ނަގަން އެމީހާ މޫދަށް ފައިބާފައިވަނީ ހެނދުނު 8:45 ގައި ކަމަށެވެ. އަދި އޭނާ ގެެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:30 ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
(އިތުރު ތަފްސީލް އަންނަނީ...)