ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ބ.އަތޮޅު އޭދަފުށީ މިސްކިތްތެރެއަށް ވަދެއްޖެ އެވެ.

"ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އެރަށުގައި ހުންނަ މަސްޖިދުލް ޔޫސުފް މިސްކިތުގެ ތެރެއަށް ވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށެވެ. 

މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށާއި ހާދިސާގައި ޑްރައިވަރަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިއަދު ފަތިހު ހުޅުމާލޭ ހައިވޭގައިވެސް ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑާތަށް ފުނޑުފުނޑު ވެފައިވާ އިރު މީގެ ދެ ދުވަސް ކުރިން އައްޑޫ ސިޓީ ހިތަދޫގައި ކާރެއް ވަނީ ހިތަދޫ އެސްބީއަައި ބްރާންޗު ތެރެއަށް ވަދެފައެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *