ޕިކަޕެއް ޖެހި ސިނަމާލެ ބްރިޖު ހައިވޭގެ މެދުގައި ޖަހާފައިހުރި ޑިވައިޑަރުތަށް ފުނޑުފުނޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުވި ވެހިކަލް ދުއްވަން އިނީ ބިދޭސީއެއް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ފަތިހު 4:30 ހާއިރު އެވެ. ވެހިކަލުން ޖެހުމުގެ ސަބަބުން، ޑިވައިޑަރުގެ ސާޅީހަކަށް ފޫޓު ވަނީ ހަލާކުވެފައެވެ.

މިހާރު އެ މައްސަލަ ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި ޕާޓިޝަންގައި ޖެހިފައިވަނީ ފެންޓަސީގެ ޕިކަޕެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *