ލިފްޓެއްގެ ދޮރުގައި ތާށިވި އިނގިރޭސިވިލާތުގެ ފަސް އަހަރުގެ އަންހެން ކުއްޖެއް މަރުވެއްޖެ އެވެ. 

މި ހާދިސާ ހިނގާފައިވަނީ، އިނގިރޭސިވިލާތުގެ ބޯންމޮތް އަވަށުގައި ހުންނަ ގެއެއްގެ ތެރޭގައި ކަމަށް "ދަ ސަން" ނޫހުން މައުލޫމާތު ދެއެވެ. އެލެކްސިސް ބްރައުން (5އ) މަރުވީ އޭނާގެ ގޭގައި ހުރި ލިފްޓުގެ ދޮރުގައި ހުރި ބާގަނޑެއްގެ ތެރެއަށް ބޯ ކޮށްޕާލި ވަގުތު ލިފްޓު މައްޗަށް އެރުމުން ސީލިންގްގައި ތާށިވެގެންނެވެ. އެ ކުއްޖާގެ މަންމަ ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި، ގޭގައި ހުންނަ ލިފްޓްގެ ދޮރުގައި ބާ ގަނޑެއް ހެދިފައި ހުރީ ލިފްޓް ހަލާކު ވުމުގެ ސަބަބުން ކަމަށެވެ. އެ ކުއްޖާގެ މަންމަ ބުނިގޮތުގައި އެލެކްސިސް ވަރަށް ގިނައިން އެ ބާގަނޑު ތެރެއަށް ބޯ ކޮށްޕާލައެވެ. 

އެލެކްސިސް ގެ މަންމަ އިތުރަށް ބުނި ގޮތުގައި، އެ ލިފްޓަކީ އެލެކްސިސް ގެ ނުކުޅެދޭ ބޭބެ، މަތީ ފަނގިފިލައަށް އަރަން ބޭނުންކުރާ ލިފްޓެއް ކަމަށެވެ. އެ ހާދިސާ ހިނގައިފައިވަނީ އެލެކްސިސްގެ ބޭބެ ބުނެގެން އޭނާގެ ފޯނު ބަލައި އެލެކްސިސް މައްޗަށް ދިއުމަށް ލިފްޓަށް އެރި ވަގުތުގައެވެ.

"ވަރަށް ބާރަށް ހަޅޭއްލަވައިގަތުމުން އަޅުގަނޑު އެތަނަށް ދިޔައީ ކައްކަން ހުރެފަ، އޭރު އެލެކްސިސްގެ ބޯ ވަނީ ސީލިންގް ގައި ޖެހި ޗަސްވެފައި، އެލެކްސިސް ގެ ގައި އޮތީ ލިފްޓް ތެރޭގައި، ބޭރުން ފެންނަނީ އެލެކްސިސްގެ ބޯ އެކަނި، އަޅުގަނޑު ދުވެފައި ގޮސް ލިފްޓްގެ ދޮރު ހުޅުވަން ވަރަށް މަސައްކަތް ކުރިން، ނަމަވެސް އޭރު ލިފްޓް ހުރީ ތާށި ވެފައި، އޭރު މާ ލަސްވެއްޖެ". އެލެކްސިސްގެ މަންމަ ފުލުހުންނަށް ކިޔައިދިނެވެ.

ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމުން އެފަރާތުން އައިސް ލިފްޓް ހުޅުވިއިރު، އެ ފަސް އަހަރުގެ ކުޑަ ކުއްޖާގެ ކަންދުރާ އަށް ވަނީ އެކި ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެކުއްޖާގެ ބޯ ވަނީ ޗަސް ވެފައިކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.

ގޭގައި ލިފްޓް ބަހައްޓައިގެން އޮޕަރޭޓް ކުރުމަކީ ވަރަށް ޒިންމާދާރުކޮށް ކުރަން ޖެހޭ ކަމެކެވެ. ފަރުވާ ކުޑަކޮށްލުމުން މިފަދަ ކަންކަން ދިމާވެދާނެއެވެ. ކިހާ ދެރަ ހެއްޔެވެ. އެލެކްސިސްގެ މަންމަ ބުނި ގޮތުގައި ލިފްޓު މަރާމާތު ކުރެވުނު ނަމަ އެހެންނަކުން ނުވީހެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *