ސްރީ ލަންކާގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
ބަޑީގެ ހަމަލާތައް ދީފައިވަނީ ލަންކާގެ ފުލުހުންނާއި، ސިފައިން ގުޅިގެން، ސުއިސައިޑް ވެސްޓް ހައްޔާރުކުރި ކަމަށް ޝައްކު ކުރެވޭ ތަނެއް ރެއިޑް ކުރުމުންނެވެ.
ލަންކާ ފުލުހުންނަށް އަމާޒުކޮށް ބަޑިޖަހާފައިވަނީ ސިރީލަންކާގެ ސަމަންތުރާއީ ސަރަހައްދުގައި ހުރި ގެއަކަށް ވަންނަން މަސައްކަތްކުރުމުންނެވެ.
އެ ސަހަރަކީ ކޮލަމްބޯއާއި 325 ކިލޯ މީޓަރު ދުރުގައި އޮތް ސަހަރެކެވެ. ފުލުހުންނަށް ބަޑިން ހަމަލާ ދިނުމުން އޭގެ ރައްދުގައި ފުލުހުންވެސް ވަނީ ބަޑި ޖަހާފައެވެ. އެ ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކުގައި މިހާތަނަށް މީހަކު މަރުވިކަމެއް ނުވަތަ މީހަކަށް ޒަހަމު ވިކަމެއް އަދި ސާފެއް ނުވެއެވެ.
ލަންކާގައި އާދިއްތަ ދުވަހު ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 70 އަށް ވުރެ ގިނަ މީހުން އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ.