މުއްދަތު ހަމަވެފައިވާ މަދިރި ބޭސް ފުޅިތަކެއް ލީކުވެ، ހެލްތް މިނިސްޓްރީން ދެ އަންހެނަކު ހޭނެތިއްޖެ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައިހެލްތު މިނިސްޓްރީ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގް ތެރެއަށް ލީކުވެފައިވަނީ މަލަތިއޮން (މަދިރި މަރާ ބޭސް)އެވެ.

މަލަތިއޮން ލީކުވެ، އެމްއެމްޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން އެ ބިލްޑިންގްއަށް ދިއުމުގެ ކުރިން ދެ އަންހެނަކު ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ

އެމްއެންޑީއެފުން އިތުރަށް މައުލޫމާތު ދިންގޮތުގައި މުއްދަތު ހަމަވެފައިވާ 40 މަދިރިބޭސް ފުޅީގެ ތެރެއިން ލީކުވީ އެއް ފުޅި ކަމަށާއި، އެ ހާދިސާ ހިންގީ އެ ފުޅިތަށް އުކާލަން ތައްޔާރުކޮށްފައި ހުއްޓާ ކަމަށެވެ. ނަމަވެސް މިހާރު ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުން ކުރި މަސައްކަތުން އެ ހުރިހާ ފުޅިއަކުން މަދިރިބޭސް ލީކްވުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

40 ފުޅި ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ފުލުހުންނައި އެމްއެންޑިއެފުން މިހާރު ދަނީ ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *