މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަވުން ޝާހިދު ވިދާޅުވީ ޖާގައިގެ ދަތިކަމާއި، ކާގޯ ގިނަ ވެފައި ވަސީލަތަށް މަދުވުމުން މާލެ ވިޔަފާރި ބަނދަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ޝާހިދު ވިދާޅުވީ ބިން ހިއްކައިގެން ވިޔަށް އެމްޕީއެލްގެ ޖާގަ މިހާރު ބޮޑު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"އެމްޕީއެލްގެ މަސައްކަތަށް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން. އެކަން ހައްލުކުރުމަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އިމްޕޯޓްކުރާ މުދަލަށް އެކަނިވެސް އިތުރު ތިން، ހަތަރު ގުނަ ޖާގަ އެބަ ބޭނުންވާ ކަމަށެވެ. އަދި ކެޕޭސިޓީ ބޮޑު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، އެހެންކަމުން ކޮންޓެއިނަރ ޓާމިނަލްއަކާއި އެކު މާލޭ ވިޔަފާރި ބަނދަރު ޕްލޭން ކުރެވިފައި އޮތީ ތިލަފުއްޓަށް ބަދަލު ކުރާ ގޮތަށް ކަމަށް ޝާހުދު ވިދާޅުވިއެވެ.

އެމްޕީއެލްގެ އިކުއިޕްމަންޓްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ ބައެއް އިކުއިޕްމަންޓްތަކާއި، ދެހާސް ފަނަރަ ވަނަ އަހަރު އެމްޕީއެލް އިން ގެނައި ވެހިކަލް ތަކުގެ ތެރެއިން ފަސް ވަރަކަށް ވެހިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *