ރާއްޖޭގެ ރައީސްކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ. 

ހިސާން ހުސައިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގައި މަގާމުތަކަށް ފުރިހަމަވާން ޖެހޭ ކަމަށް ބަޔާންކުރާ ޝަރުތުތަކަށް ގާނޫނުގެ ޒަރިއްޔާއިން އުނިއިތުރެއް ނުގެނެވޭނެ ކަމަށެވެ. އެހެން ކަމުން ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި، މަޖިލީހުން އެ އިސްލާހު ބަލައިގަނެގެން ވެސް ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

މެންބަރު ލަތީފު އިއްޔެ ހުށަހެޅުއްވި އިސްލާހާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެ އިސްލާހު އަނބުރާ ގެނައުމަށް ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވަނީ މެންބަރު ލަތީފަށް އަނގަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *