ގދ. ތިނަދޫގައި ވައްކަންކުރުން އިތުރުވަމުން ދާތީ އާންމުން އެކަމާމެދު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
އަޕަރ ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު، ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސެއިން "ޕީއެސްއެމް ނިއުސް"އަށް ދެއްވި އިންޓަވިއު އެއްގައި  ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ގިނައިން ވަގަށް ނަގާފައިވަނީ އިލެކްޓްރޯނިކް ސާމާނު ކަމަށެވެ. އެގޮތުން މިމަހުގެ ފުރަތަމަ 10 ދުވަސްތެރޭގައި ވައްކަމުގެ 8 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މިއީ މީގެ ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޮޑު އިތުރުވުމެއްކަމަން އޭނާ ފާހަގަކުރެއްވިއެވެ.
"...އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވޭ ތިނަދޫގައި ވައްކަންތައް އިތުރުވެގެން ދިޔަ ކަން. އެކަމާ ގުޅިގެން އެކަމަށް ޚާއްޞަ ޕެޓްރޯލް ކުރުންތަކެއް ޖައްސައިގެން، އޮޕަރޭޝަންތަކެއްވެސް ކުރިއަށް އެބަ ގެންދަން. އެގޮތުން މީގެ ދެ ތިން ދުވަސްކުރިން ވަގަށް ނަގާފައިވާ ބައެއް ސާމާނުވެސް ވަނީ ހޯދިފަ" އަޕަރ ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ވިދާޅުވިއެވެ.
މީގެ އިތުރުން ނާހިދު ވިދާޅުވީ ވައްކަން ކުރުމުގައި އާންމު ގޮތެއްގައި އުޅެނީ ކުރިންވެސް ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރެވި، އެކަމުގެ ރެކޯޑް އޮންނަ މީހުންނާއި، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ރެކޯޑުވެސް އޮންނަ ބައެއް ކަމަށެވެ.

ގދ. ތިނަދޫން މިމަހުގެ މިހާތަނަށް ވައްކަމުގެ 8 މައްސަލައެއް ހުށަހަޅާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *