އެޗްބީއޯގެ މަގުބޫލު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ދައްކަން ފަށާ ގޮތަށް ނިންމައިފި އެވެ.
ހަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ "ގޭމްސް އޮފް ތްރޯންސް"ގެ އެންމެ ފަހު ސީޒަން ދައްކަން ފަށަން ތިން މަހަށް ވެފައިވާއިރު އެ ސީޒަންގެ އިންތިޒާރުގައި މިހާރުވެސް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.
"ގޭމް އޮފް ތުރޯންސް" އަކީ ގިނަ ބައެއްގެ މަގުބޫލުކަމާއި އެކު އެތައް އެވޯޑް ވެސް ހާސިލުކޮށްފައިވާ މޮޅު ސީރީސްއެކެވެ.
"ގޭމް އޮފް ތުރޯންސް" 8 ވަނަ ސީޒަނާ އެކު ނިންމައިލިޔަސް މި ސިލްސިލާގެ ޕްރިކްއެލް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ ތައްޔާރީތައް އެޗްބީއޯއިން މިހާރު ވަނީ ފަށާފައެވެ.
2011 ވަނަ އަހަރު ގެނެސްދޭން ފެށި މި ސިލްސިލާގެ ފުރަތަމަ 7 ސީޒަނުގައި ވަނީ 67 އެޕިސޯޑް ގެނެސް ދީފަ އެވެ. ހަތް ވަނަ ސީޒަން ނިންމައިލީ 2017 ގަ އެވެ.