ރާއްޖޭގެ ރައީސްކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހު އަނބުރައި ނަގަން ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕު (ޖޭޕީޖީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޒު އަންގަވައިފި އެވެ.

ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެންބަރު ލަތީފަށް އެ ހުށަހެޅުން އަނބުރައި ނަގަން ދެންނެވި ސަބަބަކީ، އެ ހުށަހެޅުއްވުމަކީ ޖޭޕީޖީގައި މަޝްވަރާކުރެއްވުމެއް ނެތި އެ އިސްލާހު ހުށަހެޅުއްވުމުން ކަމަށެވެ. އަދި އޭގެ ސަބަބުން ކޯލިޝަނުގައި ހިމެނޭ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލިދާފަދަ އެސްލާހެއް ކަމަށް ވާތީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި މެންބަރު ލަތީފު އިއްޔެ ހުށަހެޅުއްވި އިސްލާހަށް ޖޭޕީން ތާއީދު ނުކުރާނެ ކަމަށްވެސް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

މެންބަރު ލަތީފު އެފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، ރައީސް ނަޝީދު ގެންދަވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައި ކެމްޕޭން ކުރައްވަމުންނެވެ. އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީންވެސް ވަނީ މަޖިލީހަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *