ސަތޭކަ ހަތާވީސް ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތާ ގުޅިގެން މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ޑްރިލް ޑިސްޕްލޭގެ ހުށަހަޅައިދިނުން، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ. 

މިއަދު ހަވީރު ބޭއްވި މި ޑްރިލް ޑިސްޕްލޭ ބައްލަވާލެއްވުމަށް މިނިސްޓަރގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފު ބައިވެރިވެވަޑައިގަންނަވާފައެވެ.

127 ވަނަ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ޑްރިލް ސްކޮޑުން ވަނީ މި ހަފުތާގެ ތެރޭގައި ހުޅުމާލެ އާއި ވިލިމާލޭގައި ޑްރިލް ޑިސްޕްލޭގެ ހެވިކަން ބާއްވާފައެވެ. އަދި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޑްރިލް ޑިސްޕްލޭއަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.

އެމްްއެންޑީއެފްއިން މި ބޭއްވި ޑްރިލް ޑިސްޕްލޭއަށްވަނީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ. އެ ގޮތުން މި ޑްރިލް ޑިސްޕްލޭގައި އެ ސަރަޙައްދަށް ޖަމާވި ކުޑަކުދިންނާއި އާންމުން، ޑްރިލް ސްކޮޑާ އެކު ފޮޓޯނެގުމުގެ ފުރުޞަތުވެސް ވަނީ ލިބިގެން ގޮސްފައެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *