ރަނގަޅު ތައުލީމާއި ތަމްރީނު ލިބިއްޖެ ނަމަ ދިވެހިންނަށް ބައިނަލްއަގުވާމީ ވަޒީފާތަކަށްވެސް ފުރުސަތު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. 

ރައީސް ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޔޫއޭއީގައި ވަޒީފާ އަދާކުރާ ދިވެހިންނާއި ބައްދަލުކުރައްވައި ވިދާޅުވީ، އެމިރޭޓްސްގައި ގިނަ އަދަދެއްގެ ދިވެހި ފަންނުވެރިން ވަޒީފާ އަދާކުރާ ކުރުމުން ދައްކުވައިދެނީ، ރަނގަޅު ތައުލީމާއި ތަމްރީނު ހޯދައިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަގްވާމީ ފެންވަރުގައިވެސް ރަނގަޅު ވަޒީފާތަށް ލިބުމުގެ ދޮރު ހުޅުވިފައިވާ ކަންކަމުގައެވެ.

މީގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެކިއެކި ވަޒީފާތަކުގެ އިތުރުން މުދާ އެކްސްޕޯޓް ކުރުމުގައާއި، ރިޒޯޓް ވަޒީފާތަކުގައާއި، ތައުލީމީ ދާއިރާގައާއި، ފައިވްސްޓާ ހޮޓާތަކުގައި ވަޒީފާއަދާކުރާ ގިނަ އަދަދެއްގެ ދިވެހިން ޔޫ.އޭ.އީ ގައި ދިރިއުޅެމުން ފާހަގަކުރައްވާ ރައީސް ޞޯލިހު ވިދާޅުވީ ބައިނަލްއަގްވާމީ މިފަދަ ވަޒީފާތަކުގައި ހަރަކާތްތެރި ވުމަށްޓަކައި ބޭނުންވަނީ ކެރުމާއި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުން ކަމަށެވެ.

ރޭގެހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައްޗަށް ރައީސް ސޯލިހް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފައި ކަމަށާއި ނަމަވެސް މިސަރުކާރުން ހަމަހަމަ އުސޫލުން ހުރިހާ ޤައުމަކާއި އެކުގައިވެސް ގުޅުން ބަދަހިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *