ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭ ސިޓީގެ 15 ގޮނޑި ވެސް އެމްޑީޕީ އަށް ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ހަރަކާތެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން ހަމައަކަށް އެޅުވޭނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ދިނުން ކަމަށެވެ. އަދި މާލޭގެ 15 ގޮނޑިވެސް އެމްޑީޕީއަށް ލިބިގެންދާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެން ފަހަރުތަކާ ހިލާފަށް ތިބޭފުޅުންނަށް މިފަހަރު ފެނިވަޑައިގަންނަވާނެ އަޅުގަނޑަށް ޔަގީން، މާލޭގެ ވެސް 15 ގޮނޑި އެމްޑީޕީ އަށް ލިބިގެންދާތަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންގެ މައްސަލަތައް ހުއްޓިފައި ހުރީ ހަމައެކަނި ބޯ ހިޔާވަހިކަމާއި ހިސާބުގައި ނޫން ކަމަށާއި އެގޮތުން ވަޒީފާގެ ފުރުސަތު ބޭނުންވާ ކިތަންމެ ޒުވާނުންނަށް އުޅެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި 19 ވަަނަ މަޖިލިސް ވެގެންދާނީ ގަދަރުވެރި ހަޔާތެއް ހޯދައިދިނުމުގެ ބިންގާ އަޅާދޭ މަޖިލީހަކަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *