ކުޅަދާނަ އެކްޓަރު އަދި ޕްރޮޑިއުސަރ، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ "ކަނޑު އިބިލީސް" އަންނަ މަހު އެއްވަނަ ދުވަހު މާލޭގައި އަޅުވަން ނިންމައިފިއެވެ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާ މި ފިލްމު އަންނަ މަހު އެއްވަނަ ދުވަހު މާލޭގައި ޕްރިމިއާ ކުރަން ނިންމާފައިވާއިރު މާދަމާއިން ފެށިގެން އެ ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނެއެވެ. ހދ.ކުޅުދުއްފުށީގައި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވާއިރު އެ ފިލްމުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ.
ގިނަ ކުޑަކުދިންތަކެއް ފެނިގެންދާ "ކަނޑު އިބިލީސް" އަކީ މި ފަހުން ރާއްޖޭގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޅެވުނު ފުރަތަމަ ފިލްމެވެ.
"ކަނޑު އިބިލީސް" މާލޭގައި ޕްރިމިއާ ކުރަން ނިންމާފައިވަނީ ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކާއި އެކުގައި ރެޑް ކާޕެޓުގައެވެ.