ރޭޕް ކޭސްއަކާ ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޑީއެންއޭ ހޯދަން އެމެރިކާ ފުލުހުން އެދިއްޖެއެވެ. 

އެމެރިކާގެ ލަސް ވެގަސް ފުލުހުންނާ ހަވާލާދީ "ވޯލް ސްޓްރީޓް ޖާނަލް" އިން މައުލޫމާތު ދިންގޮތުގައި، 2009 ވަނަ އަހަރު އެމެރިކާގައި ހިނގާފައިވާ ރޭޕް ކޭސް އަކާއި ގުޅިގެން 33 އަހަރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޑީއެންއޭ ހޯދުމަށް އިޓަލީގެ ކޯޓުތަކަށް އަމުރު ފޮނުވާފައިވާ ކަމަށެވެ. ކްރިސްޓިއާނޯ މިހާރު ކުޅެމުންދަނީ އިޓަލީގެ ޖުވެންޓަސްއަށެވެ. 

އެ ރޭޕްގެ ޝިކާރައަކަށްވި 34 އަހަރުގެ ފެޝަން މޮޑެލް، ކެތެލީން މަޔޮރްގާ ބުނާ ގޮތުގައި، ކްރިސްޓިއާނޯ އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ލަސް ވެގަސްގައި ހުންނަ ހޮޓެލެއްގެ ކޮޓަރިއެއްގެ ތެރޭގައި 2009 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. 

ނަމަވެސް ރޮނާލްޑޯ ވަނީ އެއަންހެން މީހާ ރޭޕް ކުރި ކަމުގެ ތުހުމަތުތަށް ދޮގުކޮށްފައެވެ. އަދި އެއީ އޭނާ ދުވަހަކުވެސް ކުރިކަމެއް ނޫންކަމަށް ބުނެ، މީހެއްގެ އިއުތިރާޒެއް ނެތި އޭނާ އެއްވެސް މީހަކާ ކައިރިވެފައިވެސް ނޯންނާނެ ކަމަށް ބުނެފައެެވެ.

ކެތެލީން މަޔޮރްގާ އިތުރަށް ލަސްވެގަސް ފުލުހުންނަށް މައުލޫމާތު ދިންގޮތުގައި، އޭނާގެ އުމުރުން 25 އަހަރުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވީ އޭނާ އޭރު މަސައްކަތް ކުރަމުން ދިޔަ ނައިޓް ކްލަބެއްގެ ވީއައިޕީ ލޯންޖް ތެރެއިން ކަމަށެވެ. އެއީ ޕާމް ކެސީނޯ ރިސޯޓުގައި ހުންނަ ނައިޓް ކްލަބެއްކަމަށްވެސް އޭނާ ބުންޏެވެ.

އެތަނުގައި ހުންނަ ކޮޓަރިއަކަށް އެނާ ގެންގޮސް ޖިންސީ އަނިޔާ ކުރިކަމަށާއި، އޭނާ ދޫކޮށްލުމަށް އެތަށް ފަހަރަކު ކްރިސްޓިއާނޯގެ ކިބައިން އެދުނު ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ދޫކޮށްނުލާ ކަމަށް ކެތަލީން ބުންޏެވެ. އަދި އެކަމަށް ފަހު ކްރިސްޓިއާނޯ އޭނާ ކިބައިން މާއާފަށް އެދިފައިވާ ކަމަށްވެސް އެމެރިކާގެ ކޯޓަށް ކެތެލީން ދިން ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އެ މައްސަލަ ކޯޓުން ބެލިއެވެ. ނަމަވެސް ލީކުވެފައިވާ ލިއެކިއުންތަކުން ފެންނަ ގޮތުގައި ކްރިސްޓިއާނޯގެ ވަކީލުން ވަނީ ކެތަލީންއަށް 280،000 ޕައުންޑް ދިނުމަށްފަހު އެވާހަކަ ނުދެއްކުމަށް ބުނެފައެވެ. އެގޮތުން އޭރު އެ މައްސަލަ ނުބަލާ ކޯޓުން ބޭރުކޮށްލިއެވެ. ނަމަވެސް ލަސް ވެގަސް ފުލުހުން ވަނީ އަލުން އެ މައްސަލަ ބެލުމަށް ނިންމައި، މިދިޔަ އަހަރު އެ މައްސަލައިގެ ތަހުގީގު އަލުން ފަށާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *