އައިފޯނެއް ގަންނަން އަމިއްލަ ކިޑްނީ ވިއްކާލި ޗައިނާ މީހަކަށް ދެރަ ލަނޑެއް ލިބިއްޖެއެވެ. މިހާރު އުމުރުން 25 އަހަރުގެ ވެންގް ޝަންގްކުންގް ނަމަކަށް ކިޔާ މި ޗައިނާ މީހާ ކިޑްނީ ވިއްކާލާފައިވަނީ އޭނާގެ އުމުރުން 17 އަހަރުގައެވެ.

އޭރުގެ އެންމެ ފަހުގެ އިލެކްޓްރޯނިކް ވަސީލަތްތަކާއި، އައިފޯނުގެ ވައްތަރުތަށް ގަތުމަށް ކިޑްނީ ވިއްކާލުމުން، މިއަދު އޭނާއަށް ވަނީ ދެރަ ލަނޑެއް ލިބިފައެވެ. ގަވައިދާ ހިލާފަށް، ވަގަށް އޭނާ ސާޖަރީކޮށް ކިޑްނީ ނަގައި "ބްލެކް މާކެޓް" ގައި ވިއްކާލިއެވެ. އެއަށްފަހު އެއް ކިޑްނީއާ އެކީ 8 އަހަރު ވަންދެން އޭނާ ތަހައްމަލް ކުރީ ހިތި ދުވަސް ތަކެކެވެ. ބާކީ އިން ކިޑްނީގެ ބާރު މަޑުމަޑުން ދައްވަމުން ގޮސް މިއަދު އޭނާ ވަނީ އެނދުމަތިވެފައެވެ. 

2011 ވަނަ އަހަރު ބްލެކް މާކެޓުގައި އޭނާ ކިޑްނީ ވިއްކާލީ 3200 އެމެރިކާ ޑޮލަރަށް ކަމަށް ސީއެންޓީވީއަށް އޭނާ ދިން އިންޓަވިއު އެއްގައި ބުންޏެވެ. އަދި އެ ފައިސާއަށް އައިފޯން 4 އަކާއި، އައިޕެޑް 2 އެއް ގަނެފައިވާކަމަށްވެސް ބުންޏެވެ.

 "ކީއްކުރާ ދެ ކިޑްނީއެއް، އެއް ކިޑްނީން ފުދޭނެ" ، ކިޑްނީ ވިއްކާލުމުގެ ކުރިން އޭނާ ބުނި ކަމަށްވެއެވެ.

ގަވައިދާ ހިލާފަށް ކުރި އެ ސާޖަރީގެ ސަބަބުން ޖަރާސީމު އުފެދި އިންފެކްޝަނެއް އުފެދުނެވެ. ބެލެނިވެރިންނަށް ނޭންގި ކުރި މިސާޖަރީ ކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމުން ސާޖަރީ ކުރި މާހައުލު ރައްކާތެރިނުވުމުގެ ސަބަބުން އިންފެކްޝަން އުފެދުނީ ކަމަށް ސީއެންޓީވީއަށް އޭނާ ދިން އިންޓަވިއު އެއްގައި ބުންޏެވެ.

"އަހަރެން އިންޓަނެޓް ބޭނުން ކުރަނިކޮށް ކިޑްނީ އެޖެންޓެއް އަހަރެންނަށް މެސްޖް ކުރީ، އެ މެސެޖުގައި ކިޑްނީ ވިއްކާލައިފިނަމަ 20،000 ޑޮލަރު ލިބޭނެ ކަމަށް އޭނާ ބުނި" ސީއެންޓީވީއަށް އޭނާ ދިން އިންޓަވިއު އެއްގައި ބުންޏެވެ.

ނަމަވެސް ވެންގް އަށް ލިބުނީ 3200 ޑޮލަރެވެ. ލިބުނު ފައިސާގެ ބާކީ، އެކަން ކޮށްދިން ގޭންގުގެ މީހުންގެތެރޭގައި ބަހާލީ ކަމަށް ވެންގް މައުލޫމާތު ދިނެވެ.

އެ ސާޖަރީ ކުރުމުގައި އެންމެ އިސްކޮށް އުޅުނީ ހުނާން ޕްރޮވިންސްގެ ދެ ލޯކަލް ޑޮކްޓަރުންނާއި، ބްލެކް މާކެޓުގައި އުޅޭ 7 މީހުންގެ ގޭންގަކުންނެވެ. އެ ސަރަހައްދުގެ ފުލުހުން ވަނީ 2013 ވަނަ އަހަރު އެ އެންމެން ހައްޔަރުކޮށް ޖަލަށް ލާފައެވެ.

ވޭންގްއަށާއި އޭނާގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި ޗައިނާ ސަރުކާރުން ވަނީ ވޭންގްގެ އާއިލާއަށް 300،000 ޑޮލަރުގެ އެހީ ދީފައެވެ.

ވޭންގް ބުނީ އޭނާ އެކަން ކުރީ ރައްޓެހިންނަށް ފޮނިދައްކަން އައިފޯނެއް ގަތުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭނާގެ އާއިލާއަކީ ވަރަށް ފަގީރު ބަޔަކަށް ވުމުން އާއިލާއަށް އެހީ ވުމަށް ލާރި ހޯދުމަށް ކަމަށެވެ. ނަމަވެސް ބްލެކް މާކެޓުން ދިމާވި މީހާ އޭނާއަށް ލަނޑެއް ދިނީކަމަށެވެ. 

މިހާރު ވޭންގް އޮންނަނީ ޑައަލަސިސް މެޝިނެއްގެ އެހީގައެވެ. ޑޮކްޓަރުން ބުނާގޮތުން ވޭންގްގެ ބާކީ އިން ކިޑްނީ ހަމަ ކޮންމެ ވަގުތެއްގައިވެސް ފެއިލް ވެދާނެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *