ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިތުރަށް ވާދަ ނުކުރެވޭނެ ގޮތް ހަދަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އެ އިސްލާހު ހުށަހެޅުއްވި އިރު، ކުރިޔަށް އޮތް މަޖިލީސް އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. ކުރީގެ ރައީސް ޔާމީން ވެސް މަޖިލީހަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަން ދާދި ފަހުން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި މި އިސްލާހު ފާސްވެއްޖެނަމަ، ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި ކުރީގެ ރައީސް ޔާމިނަށް ވެސް އަދި ކުރީގެ ރައީސް ނަޝީދަށްވެސް ބައިވެރިއެއް ނުވެވޭނެއެވެ.
ތަފްސީލް އަންނަނީ...