ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް މިރޭ 8:30 ގައި ޕީޕީއެމްގެ އޮފީހުގައި މި ބައްދަލުވުން ބާއްވާއިރު، މި ބައްދަލުވުމުގައި ކައުންސިލްގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވުމަށް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.

ޕީޕީއެމްއަށް ދައުލަތުން ދޭ ފައިސާ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވާތީ، އެ ޕާޓީން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރަންވެސް ނިންމާފައެވެ.

ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ ބޭފުޅުން މިހާރު ވަނީ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލްސް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވާފައެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ދާދިފަހުން 4000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އެ ޕާޓީއަށް ވަގަށް މީހުން ވައްދާ ކަމަށް ބުނެ ޝަކުވާ ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *