ބީއެމްއެލްގެ މުވައްޒަފުންތަކެއް ގިނަ އަދަދެއްގެ ފައިސާތަކަކަށް ހިޔާނާތްވި މައްސަލައެއް ބަލަން ފަށައި އެކަމުގައި ތުހުމަތުވާ މުވައްޒަފުން މަސައްކަތުން ދުރު ކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "އަވަސް" ނޫހުން ހާމަ ކުރިގޮތުގައި، ހިޔާނާތް ހިންގާފައިވަނީ ބީއެމްއެލްގެ މެނޭޖާ ލެވަލްއަށް ވުރެ ދަށް މުވައްޒަފުންތަކެކެވެ. ހިޔާނާތްތެރިވެފައިވަނީ ބީއެމްއެލްގެ އަމިއްލަ އެކައުންޓެއްގައި ހުރި ފައިސާތަކަކަށް ކަމަށާއި ހިޔާނާތުގެ އަދަދު ހަތް މިލިއަނެއްހާ ރުފިޔާއަށް އަރާ ކަމަށްވެސް އެ ނޫހުން މައުލޫމާތު ހާމަ ކުރިއެވެ. އެފަދަ މައްސަލައެއް ބަލާކަން އެ ބޭންކުން ދޮގުކޮށްފައި ނުވާކަމަށްވެސް އަވަސް ނޫހުން މައުލޫމާތު ދީފައިވެއެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދާ ހަވާލާދީ އަވަސް ނޫހުން ބުނީ، ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ބޭންކްގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާ ނަމަ، ބޭންކުގެ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފުކަމެއްކޮށްފިނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" ސައީދު ވިދާޅުވި ކަމަށް އެނޫހުން ހާމަ ކުރިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *