ސްޕެއިންގައި ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު އެނބުރި އެމީހުންގެ ވަޒަނަށް ދާން ޓީޔޫއައި ފްލައިޓަކަށް އެރި އާއިލާއަކަށް ދިމާވީ ވަރަށް ދެރަ ގޮތެކެވެ. އެމީހުންނަށް އެންގީ އެމީހުންގެ ސީޓުތައް ނުވެސް ނެތް ކަމަށެވެ. އަދި ކަންދިމާކުރި ގޮތުން އެމީހުން އިށީންނަން ޖެހުނީ ތިރީގައެވެ.
އަލްކެސްޓާ އަށް ނިސްބަތްވާ މި އާއިލާ އިން ބުނިގޮތުގައި ޓިކެޓު ނަގަން 1300 ޕައުންޑް އެމީހުން ދެއްކިއެވެ. އަދި އެމީހުންނަށް ވަނީ ބޯޑިން ޕާސް ވެސް ދީފައެވެ.
އެ އާއިލާގެ ޕައުލާ ޓޭލާ ބުނިގޮތުގައި އޭނައާއި އޭނަގެ ފިރިމީހާ އިއާން ޓޭލާ އަދި 10 އަހަރުގެ އަންހެން ދަރިފުޅު ބްރޫކް ވަނީ މެނީކާގެ މަހޯން އެއާޕޯޓައް، ގަޑިއަށް ގޮސްފައެވެ.
41 ޑީ،އީ އަދި އެފް އަކީ އެމިހުންނަށް ދީފައިވާ ސީޓް ނަމްބަރުތަކެވެ. ނަމަވެސް، ބޯޓު ތެެެރެއަށް އެރުމަށްފަހު ފެނުނީ އެ ނަމްބަރުތަކާއި ދިމާލުގައި ހުސް ޖާގައެއް އޮތް ތަނެވެ.
" އަހަރެމެންނަށް ތިބެވުނީ އެކަކު އަނެކަކަށް ބަލަހައްޓައިގެން. އަހަރެމެންގެ ސީޓުތައް ކޮބައިކަން ނޭނގިގެން ސުވާލު ކޮށްލަ ކޮށްލާ" ޕައުލާ ބުންޏެވެ.
ފައުލާ ޓޭލާ ބުނި ގޮތުގައި އެމީހުންނަށް މިފަދަ ކަމެއް ދިމާވެދާނެތީ 3 ގަޑިއިރު ކުރިން އެއާޕޯޓައް ވާނީ ގޮސްފައެވެ. އަދި އެކުގައި ތިބެވޭނެ ގޮތަށް ސީޓު ނަމްބަރު ލިބުމުން ވަރަށް އުފާވި ކަމަށްވެސް އޭނާ ބުންޏެވެ.
ނަސީބު ދިމާކުރި ގޮތުން އެދެމަފިރިންގެ ދަރިފުޅަށް ވަނީ ހުސް ސީޓެއް ލިބިފައެވެ. ނަމަވެސް އެ ދެމަފިރިން ތިބެން ޖެހުނީ ތިރީގައެވެ.
ޓީޔޫއައި އިން މައާފަށް އެދުމުގެ ގޮތުން އެ އާއިލާއަށް 30 ޕައުންޑް ވަނީދީފައެވެ. އަދި ފަހުން އެ ދަތުރުގެ ހަރަދު އެއްކޮށް ވަނީ ރީފަންޑު ކޮށްދީފައެވެ.