އިނގިރޭސިވިލާތުގެ "ބްރައިޑަލް" ޝޮޕެއްގެ ޑިސްޕްލޭގައި ފުރޮޅުލީ ގޮނޑިއެއްގައި ބައިންދާފައި އިން ބުދަކަށް އެތައްބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ފުރޮޅުލީ ގޮނޑިއެއްގައި ކައިވެނި ހެދުމާއި އެކަމާއި ގުޅުންހުރި އެއްޗެހި ގަންނަން މީހަކު ދިއުމަކީ އައު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، ފިހާރައެއްގެ ބޭރުގައި ވެޑިންގް ޑްރެސް އެއް ލައްވާފައި ބުދެއް ފުރޮޅުލީ ގޮނޑިއެއްގައި ބޭންދުމަކީ ވަރަށް ހައިރާންކުރުވަނިވި މަންޒަރަކަށް ވެގެންދާނެއެވެ.
ބުދު ބައިންދާފައި އިން ގޮނޑި ވަނީ ވަރަށް ރީތިކޮށް ފަތް ތަކަކުން ޑެކަރޭޓް ކޮށްލާފައެވެ. އަދި ބުދު ލައްވާފައި އިނިީ ހުދު ކުލައިގެ ވެޑިންގް ޑްރެސް އެކެވެ.
ސޯޝަލް މީޑިއާގައި މި ބުދުގެ ފޮޓޯ ވަނީ ވަރަށް ވައިރަލް ވެފައެވެ.