ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާއާއި ހޮލީވުޑްގެ މަޝްހޫރު ތަރި ނިކް ޖޯނަސްގެ ކައިވެންޔަށް މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު އެ ދެމަފިރިން މިވަނީ އަދި ކިރިޔާ އެދެމީހުންގެ ހަނީ މޫނު ނިމުމަކަށް ގެނެސް އެނބުރި ކެލިފޯނިއާ އަށް އައިސްފައެވެ.
ޕްރިޔަންކާ ވަނީ ލޮސް އޭންޖަލްސް ގައި ހުންނަ އޭނާގެ ގޭގެ ފޮޓޮއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.
" ގުޑް ޓު ބީ ހޯމް! ވަން އޮފް ދެމް. ލޮލް" ޕްރިޔަންކާ ހިއްސާ ކުރި ފޮޓޯގައި ލިޔެފައިވެއެވެ.
މި ދެތަރިންގެ ކައިވެނީގެ ހަފްލާ އާއި ކައިވެނީގެ ރިސެޕްޝަންތައް ވަނީ ވަރަށް ކުލަގަދަ ކޮށް ފާހަގަކޮށްފައެވެ.