މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާއަށް ބޮމުގެ ޖަމަލާތަކާއި ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފިއެވެ.
މިހާތަނަށް މި ހަމަލާތަކާއި ގުޅުންހުރި ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އިއްޔެ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ވިދާޅުވެއެވެ.
އަދި އެ ހަ މީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ އުތުރު ޕްރޮވިންސްގެ އަވަށެއް ކަމަށްވާ، ކިލިނޮއްޗިންއިން ކަމަށް އެގައުމުގެ ފުލުހުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
ލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 250 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ
މި ހަމަލާތަކުގެ ޒިންމާ ހައްދުފަހަނަ އަޅާފައިވާ އިސްލާމިކް ސްޓޭޓްސް (އައިއެސް) ޖަމާއަތުން ވަނީ އުފުލާފައެވެ.
ލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން މިހާތަނަށް 76 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.