ރާއްޖޭގެ އޮޕަރޭޓް ކުރަމުން އަންނަ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަނީ ދިވެހި ސިފައިން ނޫންކަމަށާއި، އެކަން ކުރަނީ ސީދާ އިންޑިޔާގެ ނިއުދިއްލީން އަންނަ އޯޑަރަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ތައްޔާރުވެއްޖެއެވެ.
ފޭސްބުކްގައި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހައްދަވަނީ އިތުރުފުޅު ކަމަށާއި ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސިފައިންގެ އޯޑަރަށް ކަމަށް ޝާހިދު ވިދާޅުވެފައިވަނީ އިތުރުފުޅު ހެއްދެވުމަށް ކަމަށާއި އެ ހެލިކޮޕްޓަރުތައް އުދުހެނީ ސީދާ ދިއްލީއިން އަންނަ އޯޑަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ހެލިކޮޕްޓަރު ގެނައި ފަހުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ފަރާތެއްގެ ބަސް، މިކަމާ ގުޅިގެން ހޯއްދަވާފައި ކަމަށެވެ. އަދި އިންޑިޔާގެ ނިޔަތް ސާފު ނަމަ ދިވެހި ސިފައިން ހެލިކޮޕްޓަރު އުދުއްސުމަށާއި މަރާމާތު ކުރުމަށް ތަމްރީނު ކުރާނެ ކަމަށް އިންޑިޔާއިން ވި އެއްބަސްވުމާ ޚިލާފު ނުވާނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.