ގޭތެރޭގައި ހުރި ކަބަޑެއް ސާފު ކުރަން އުޅުމުގެެ ތެރޭގައި އަންހެނަކަށް ފެނުނު ސީޑީއެއް ބަލާލިއިރު ފެނުނު މަންޒަރަކުން ކަބަޑަކާއި ކަބަޑެއް ކިޔާފައި ސީޑީގައިވާ އެއްޗެއް ބަލަން އޭނާ އަށް އިނދެވުނީއެވެ.
ސާފުކުރުމުގެ ތެރެއިން ފެނުނު އެ ސީޑީ ގައި ލިޔެފައިވަނީ "ބެންސް ވެޑިންގް" އެވެ. ލިޔެފައިވާ ލިޔުންގަނޑަށް ބަލާފައި އެއީ އޭނާގެ މައިދައިތަގެ ލިޔުންކަން ފާހަގަވިއެވެ.
ސީޑީ އަޅުވާލިއިރުވެސް އަންހެން މީހާ ހީކުރީ އޭގައި ވަނީ އޭނާގެ ކައިވެނި ހަފްލާގެ ފޮޓޯ ތަކެއް ކަމަށެވެ. ނަމަވެސް ސީޑީގައި ހުރި ފޮޓޯތައް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ގާތަށް އިންތިހާ އަށް ރުޅިވެސް އައެވެ. އަދި ދެރަވެސް ވިއެވެ.
ވާނީވެސް އެހެންތާއެވެ. ސީޑީގައި ހުރީ އޭނާގެ ކައިވެނީގެ ހަފްލާގެ ފޮޓޯތަކެވެ. ނަމަވެސް އެއިން އެންމެ ފޮޓޮއެއްގައިވެސް އަންހެން މީހާ ނުހިމެނެއެވެ. އޭނާގެ މައިދައިތަ ވަނީ ވަކިން ފޮޓޯގްރާފަރެއް ގެނެސް އަންހެން މީހާ ނާރާނެހެން ފޮޓޯ ނަގުވާފައެވެ. 400 ފޮޓޯ އެ ސީޑީގައި ވީއިރު، އެއްބައި ފޮޓޯ އޭނަ ނާރާނެ "އޭންގަލް" ތަކުން ނަގާފައިވާއިރު އަންހެން މީހާ އަރާފައި ހުރި ފޮޓޯތައްވެސް ވަނީ އޭނާ ނާރާނެހެން އެޑިޓް ކޮށްފައެވެ.
އަންހެން މީހާ އޭނާގެ ފިރިމީހާ ގާތުގައި މިވާހަކަ ބުނުމުން އޭނަ ގާތަށް ވެސް އައީ ޒާތެއްގެ ހިންޏެކެވެ. މައިދައިތަ ބޭނުންވީ ފިރިހެން މީހާ އަމިއްލަ މީހާ އާ ކައިވެނި ކުރަން ކަންނޭންގެއެވެ.