ޓިއުމަރެއް ހުރީ ކަމަށް ހީކޮށް ކަރުތެރެ ސާޖަރީ ކުރަނިކޮށް އަންހެނެއްގެ ސައިނަސްގެ ތެރެއިން ލޭ ބޯ ފަންޔެއް ދުވެދުވެ އޮށްވާ ފެނިއްޖެއެވެ.
ވިއެޓްނަމް ގައި ދިރިއުޅޭ މި އަންހެން މީހާ ހޮސްޕިޓަލަށް ދިޔައީ މައިގްރެއިން ހުންނާތީއޭ ކިޔާފައެވެ. އަދި ވަރަށް ގަދަޔައް ބޮލުގައި ރިއްސާތާ 3 މަސް ވެދާނެ ކަމަށް ވެސް 63 އަހަރުގެ އެ އަނހެން މީހާ ބުންޏެވެ.
ޑޮކްޓަރު ބެލުމަށްފަހު އެންގީ ކަރުތެރޭގައ ޓިއުމަރެއް އުފެދިފައި ވާކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެ ޓިއުމަރ ނެގުމަށް އޮޕަރޭޝަނެއް ކުރުމަށް އެންގިއެވެ. ނަމަވެސް އޮޕަރޭޝަން ކުރަމުންދިޔައިރު ޓިއުމަރެއް ފެނިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނިފައި ވަނީ ދެ އިންޗީގެ ލޭބޯ ފަންޏެކެވެ.
އިތުރު ގެއްލުމެއް ދިނުމުގެ ކުރިން އެފަނި ވަނީ އަންހެން މީހާގެ ހަށިގަނޑުގެ ތެރެއިން ނަގާފައެވެ. އެފަނި ނެގި އިރުވެސް ހަރަކާތަކަށް ހުއްޓުމެއް ނާދެއެވެ.
ޑޮކްޓަރުން ބުނިގޮތުގައި ފަނި ނުނަގާ މާ ގިނަ ދުވަސް ވީނަމަ އަންހެން މީހާގެ ސައިނަސް އަށް ހަމަލާދީ، ނޭވާ ނުލެވޭ ވަރު ކޮށްލީހެވެ.
އަންހެން މީހާ ދިރިއުޅެނީ ފަރުބަދަ މަތީ ހިސާބެއްގައެވެ. އެހެންކަމުން އޭނާ ވަނީ ވަރަށް ގިނައިން ކޯރުތަކުން ފެންވަރާފައެވެ. އޭނާގެ ކަރުތެރެއަށް އެ ފަނި ވަދެފައިވަނީ އެ ގޮތުން ކަމަށް ވެދާނެއެވެ.