ކުޅިވަރު
ފަހުވަގުތު ޖެހި ގޯލާއެކު ޔުވެންޓަސް އިޓާލިއަން ކަޕް ފައިނަލަށް

އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ފަހުވަގުތު އަރްކަޑިއުޒް މިލިޗް ޖެހި ގޯލާއެކު ޔުވެންޓަސް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ލާޒިއޯ އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އަންގާރަ ދުވަހުގެރޭ ލާޒިއޯ ގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުން ލާޒިއޯ 2-1 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، އެގްރިގޭޓެ 3-2 ގެ ނަތީޖާއަކުން ފައިނަލުގެ ފުރުސަތު ލިބުނީ ޔުވެންޓަސް އަށެވެ.

މެޗު ފެށިގެން 12 ވަނަ މިނެޓުގައި ލާޒިއޯ އަށް ކުރިހޯދައިދިނީ ވެލަންޓިން ކަސްޓެލާނޮސް އެވެ. އޭނާ ވަނީ ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.

ޔުވެންޓަސްގެ ގޯލު މިލިޗް ޖެހީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮ ށެވެ. އެއީ އޭނާ ކުޅެން ނިކުތްތާ ދެ މިނެޓުގެ ތެރޭގަ އެވެ.

ފައިނަލުގައި ޔުވެންޓަސް ކުޅެން ޖެހޭނީ ފިއޮރެންޓީނާ އާއި އެޓަލާންޓާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިއޮރެންޓީނާ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top