ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.

މާދަމާ މެންދުރުފަހު 1:30 ގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގަވާފައިވާއިރު، މިއީ ޔާމިން ފުލުހަށް ހާޒިރުކުރާ ހަތަރު ވަނަ ފަހަރެވެ.

ޔާމިން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާކަން ޕީޕީއެމުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެޕާޓީން ވަނީ ކުރީގެ ރައީސް ޔާމީންއަށް ތާއިދުކުރައްވާ ފަރާތްތަކުން، މާދަމާ މެންދުރުފަހު 12:30 އަށް އެޕާޓީގެ އޮފީސް ކައިރިއަށް އެއްވުމަށް އެދިފައެވެ.

ކުރީގެ ރައީސް ޔާމިން ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ކުރިންވެސް ރައީސް ޔާމިން ފުލުހަށް ހާޒިރު ކުރެވުނު، މަނީ ލޯންޑަރިންގްގެ މައްސަލަތަކާއި ގުޅިގެން ސުވާލުކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *