ކޮލްގެޓް ޓޯޓަލް އަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ދަތް އުނގުޅާ ބޭހެވެ. ނަމަވެސް ރީސާޗަކުން ދެއްކި ގޮތުގައި އެ ދަތް އުނގުޅާ ބޭހުގައި ކެންސަރު ބަލީގެ އިތުރުން އެހެނިހެން ބައެއް ބަލިތަކަށް ވެސް މަގުފަހިވާ، ކެމިކަލްގެ މާއްދާ އެއް އެކުލެވިގެންވެއެވެ.

ކޮލްގެޓުގައި "ޓްރައިކްލޯސަން" ކިޔާ ނުރައްކާތެރި ކެމިކަލެއް އެކުލެވިގެންވެއެވެ. މި ކެމިކަލްގެ ބާރުގަދަ ކަމުން، ތަފާތު ވައްތަރު ތަކުގެ ޑިއޯޑްރެންޓާއި ޑިޓާޖެންޓުތަކުގައި މިކެމިކަލް ހިމަނާފައިހުރެއެވެ. އާންމު ގޮތެއްގައި މި ކެމިކަލް ބޭނުންކުރަނީ އެއްޗެހި ދޮންނާށާއި ތަންތަނުން ބެކްޓީރިއާ ފިލުވައިލުމަށެވެ. 

ޖާނަލް ކެމިކަލް ރިސާޗުން ހޯދި ހޯދުމުގައި މި ކެމިކަލް އަކީ ކެންސަރު ސެލްތަކުގެ އިތުރުވުން ކުރިއަރުވައިދޭ އެއްޗެކެވެ. އަދި ޓްރައިކްލޯސަން އަށް އިންސާނެއްގެ ހަށިގަނޑު ތެރެއަށް ވަދެ ހޯމޯން ތަކުގެ ރޯލަށް ބަދަލު ގެނެވޭނެއެވެ.   

މިފަދަ ރިސާޗުތަކަށް ފަހު ކެނެޑާގެ މެޑިކަލް އެސޯސިއޭޓުން ވަނީ މި ކެމިކަލް ހިމެނޭ ހުރިހާ ބާވަތްތައް ކެނެޑާގައި ބޭނުން ކުރުން މަނާ ކޮށްފައެވެ. 

ކޮލްގެޓް ކުންފުނިން ބުނާ ގޮތުގައި އެމީހުން ބޭނުންކުރަނީ ނުރައްކާތެރި ކެމިކަލެއް ނޫނެވެ. އަދި އެމީހުންގެ އުފެއްދުންތައް އުފައްދަމުން އައި ގޮތް އަލުން ބަދަލު ކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *