ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެތިން ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ވާދަކުރާނެ ކަމަށް އެޕާޓީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެންސީިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަބްދުއްރަހީމް ވިދާޅުވީ އެޕާޓީ ރަޖިސްޓްރީވުމާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނެ ކަމަށެވެ. އެގޮތުން ދެތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ވާދަކުރާ ދާއިރާތަކުން ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވި ގޮތުގައި، މީގެ ކުރިން ޕީއެންސީން ގިނަ ދާއިރާތަކަށް ވާދަކުރާ ގޮތަށް ވިސްނާފައި ނުވާ ކަމަށާއި، ނަމަވެސް ޕާޓީގެ މެމްބަރުންނާއި ދާއިރާގެ މެންބަރުންގެ އެދުމުގެމަތިން ދެތިން ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން މަޖިލިސް ޓިކެޓް ލިބުނު ފަރާތްތަކުން ޕީއެންސީއަށް ސޮއިކުރުމުން ޕީޕީއެމްގެ ނަމުގައި ދިން ޓިކެޓް ބާތިލުވާނެ ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގައި މިވަގުތު ތިއްބެވި މެންބަރުންނަކީ ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންކަމަށާއި، އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ މެންބަރުން ކަމަށެވެ. އެހެންކަމުން ޕީޕީއެމްގައި ތިއްބެވި ބޭފުޅުން އަވަހަށް ޕީއެންސީއަށް ސޮއިކުރުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ. އަދި ޕީޕީއެމުން މަޖިލިސް ޓިކެޓް ލިބުނު ފަރާތްތަކުން ޕީއެންސީއަށް ސޮއިކުރުމުން ޕީޕީއެމްގެ ނަމުގައި ދިން ޓިކެޓް ބާތިލުވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.