އަންހެން ކުދިންނާއި، ފިރިހެން ކުދިން މަސްހުނި ކޮށްގެން ކިޔަވައިދޭތީ އަރަބިއްޔާގެ ބައެއް ބެލެނިވެރީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަރަބިއްޔާގެ ބެލެނިވެރީން ސްކޫލު ކައިރީގައި އިހުތިޖާޖުކުރީ "ދެޖިންސު އެއްކޮށްގެން ކިޔަވައިދިނުމާ ދެކޮޅު" ބޯޑުތަކެއް ވެސް ހިފައިގެން ތިބެ އެވެ.

އަރަބިއްޔާ ސްކޫލަކީ މީގެ ކުރިން އަންހެން، ފިރިހެން ކުދިންނަށް ވަކިން ކިޔަވައިދިން ސުކޫލެކެވެ. ވަކީން ޚާއްސަކޮށް ސެކަންޑްރީ ސްކޫލުގެ ދަރިވަރުންނަށް ދެޖިންސު ވަކީން ކުލާސްތައް އިންތިޒާމުކޮށްފައި ހުންނަ ސްކޫލެއްކެވެ. ނަމަވެސް މިއަހަރުގެ ކިޔެވުން ފެށުނުއިރު އަރަބިއްޔާ ސްކޫލުގައި ދެޖިންސު މަސްހުނި ކޮށްގެން ކިޔަވައިދޭން ފެށުމުން، އެކަމާ ދެކޮޅަށް ބެލެނިވެރިން ވަނީ ސުކޫލް ކުރިމަތީގައި "ދެޖިންސު އެއްކޮށްގެން ކިޔަވައިދިނުމާ ދެކޮޅު" ބޯޑުތަށް ހިފައިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ ގްރޭޑް 1- 10 އަަކަށް މިހާރު ކިޔަވައިދެނީ، އަންހެން، ފިރިހެން ކުދިން އެއްކޮށްލާގެންނެވެ.

ބެލެނިވެރިން މައުލޫމާތު ދިން ގޮތުގައި، ސްކޫލުގެ ޕްރިންސިޕަލާ ބައްދަލުކުރި ކަމަށާއި ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުމުން އެޑިޔުކޭޝަން މިނިސްޓަރާ ވެސް ބައްދަލުކުރި ކަމަށެވެ. އަދި އެކަމަށް އެދެވޭ ހައްލެއް ގެނެސްދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެޑިޔުކޭޝަން މިނިސްޓަރު ދެއްވި ކަމަށް ވެސް ބެލެނިވެރިން މައުލޫމާތު ދިނެވެ.

އަރަބިއްޔާ ސްކޫލު ދޮށުގައި ބެލެނިވެރީން އިހުތިޖާޖު ކުރި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަޑައިގެން ބެލެނިވެރީންނާ ވާހަކަފުޅު ދައްކަވައި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *