ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:30 ހާއިރުއެވެ. އެކްސިޑެންޓް ހިނގީ ހައިވޭއިން ދުއްވާފައި ދިޔަ ސައިކަލެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 26 އަހަރުގެ ފިރިހެނަކަށާއި 20 އަހަރުގެ އަންހެންނަކަށެވެ. ސައިކަލު ދުއްވަން އިނީ ފިރިހެން މީހާއެވެ.
އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެވެ ނުވެއެވެ.