އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާގައި ދޮންވުމަށް ބޭނުން ކުރާ ކްރީމް އަދި ބްލީޗް ވިއްކުން މަނާ ކޮށްފިއެވެ.

ހަންގަނޑު ދޮން ކޮށްދޭ ތަކެތި ބޭނުން ކުރުން ހުއްޓުވުމަށް ރުވާންޑާގެ ސަރުކާރުން ފެށި ކެމްޕެއިނަކާއި ގުޅިގެން އެ ގައުމުގެ ހެލްތް މިނިސްޓްރީ އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ރުވާންޑާގެ ސްޓޭންޑާޑް ބޯޑު ގުޅިގެން، ހަންގަނޑު ދޮންކުރުމަށް ބޭނުންކުރާ ތަކެތި ވިއްކުން މަނާ ކުރުމުން، އެފަދަ ތަކެތި ވިއްކާތޯ ބެލުމަށް ގައުމުގެ އެކި ސަރަހައްދުތަކުގައި އޮފިޝަލުން ދަނީ ހަރަކާތްތެރި ވަމުން ކަމަށް "ސީއެންއެން" އިން މައުލޫމާތު ދެއެވެ.

ރުވާންޑާގެ ރައީސް ޕައުލް ކަގާމޭ ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު، ދޮންވުމަށް ބޭނުން ކުރާ ބޭހާއި، ކްރީމް އަދި އެފަދަ ތަކެއްޗާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި ޓުވީޓާ މެދުވެރި ކޮށް އެފަދަ ތަކެއްޗަކީ ހަށިގަނޑަށް ގެއްލުން ދެނިވި މާއްދާތަށް އެކުލެވޭ ތަކެތި ކަމަށް ވިދާޅުވެފައެވެ. އަދި ރުވާންޑާގެ ރައީސްގެ އެ ޓުވީޓު ވަނީ ވަރަށް ގިނަ ބަޔަކު ރީޓުވީޓު ކޮށްފައެވެ.

ރުވާންޑާގައި ދޮންވުމަށް ބޭނުން ކުރާ ތަކެތި މަނާ ކުރުމާއި ގުޅިގެން އެގައުމުގެ އޮފިޝަލުން ވަނީ ވޭތުވެދިޔަ 30 ދުވަސް ތެރޭގައި އެކަނިވެސް 5000 އަށް ވުރެ ގިނަ ތަކެތި ހިފައްޓާފައެވެ. އޭގެ ތެރޭގައި ދޮންވުމަށް ބޭނުންކުރާ ލޯޝަން، ތެޔޮ، ބްލީޗު، ކްރީމް، ސައިބޯނި، އަދި ސްޕްރޭ ފަދަ ތެކެތި ހިމެނެއެވެ. 

ރުވާންޑާގެ މި ކެމްޕެއިންގެ ސަބަބުން ބައިނަލް އަގުވާމީ މުޖްތަމަޢުއިން ވަނީ ދޮންވުމަށް ބޭނުން ކުރާ ޒާތުގެ ތަކެތި އެންމެ ގިނައިން އުފައްދާ އަދި ވިޔަފާރި ކުރާ، އިންޑިޔާގެ ސަރުކާރުން މިކަމުން އިބުރަތް ހާސިލުކުރަން ވެއްޖެ ކަމަށް ގޮވާލާފައެވެ. އެފަދަ ޒާތުގެ ތަކެތިން އިންސާނާގެ ހަށިގަނޑަށް އެތަށް ބާވަތެއްގެ ވިހައިގެ އަސަރު ކުރާނެ ކަމަށް ކަމާ ބެހޭ މާހިރުން ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *