ކުއްލިގޮތަކަށް ހުޅުމާލެއިން މީހަކު މަރުވެގެން، އެމައްސަލަ ތަހުޤީގް ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
ހުޅުމާލޭ، އަމީން އެވެނިއުގައި ދިރިއުޅެމުން އަންނަ ހދ.ނައިވާދޫ ، އާއިޝަތު ވިޝާމާ (27އ) މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ޕާޓީ ޑްރަގްސް ބޭނުންކުރުމުގެ ސަބަބުން ކަމަށް އަޑުފެތުރިފައި ވާއިރު، މިކަމާއި ގުޅޭގޮތުން އެއްވެސް ފަރާތަކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައެއްނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮތް އަންހެނަކު ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ރޭ 21:30 ހާއިރު ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ ޓްރީ ޓޮޕު ހޮސްޕިޓަލުން ކަމަށެވެ. މި މައްސަލަ ތަހުގީގުކުރަމުން ދާތީ މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.