އިސްލާމް ދީނުގައި 4 އަނބިންނާއި ކައިވެނި ކުރުން ހުއްދަވެފައިވާކަމީ އެވާހަކަ ގިނަ ފިރިހެނުންގެ ދުލުން މެދު ނުކެނޑި އިވޭ އަޑެކެވެ. ގިނަ ފިރިހެނުން އެކަމަކަށް ބޭނުންވާވެސް ކަމެކެވެ. ގިނަ މީހުންގެ އުންމީދަކީ 2 އަނބިން ހަޔާތަށް ގެނައުމެވެ. އެއީކީ ހަގީގަތުގައި މައްސަލައެއްވެސް ނޫނެވެ. ފިރިންގެ މައްޗަށް އަނބިންގެ ވާޖިބު ކަނޑައަޅާފައިވާ ފަދައިން އަނބިންގެ މައްޗަށް ފިރިންގެ ވާޖިބުތައްވެސް ވަނީ ﷲ ތައާލާ ކަނޑަ އަޅުއްވާފައެވެ.

ނަމަވެސް މިކަމަކީ ދިރިއުޅުމުގައި ގިނަ އަންހެނުންގެ ނުރުހުން އެކަމަކަށް ލިބޭ އެއްކަންތަކެވެ. މިކަމުގެ ސަބަބުތަކާއި މެދު ސުވާލު އުފެއްދުމަކީ ފިރިހެނުން ބޭނުންވާ ކަމެއްކަމުގައި ނުވެއެވެ. އެކަމާއި ދެކޮޅުވުމުގެ ގޮތުން އެންމެ ފަސޭހައިން އަނބިން ނުވަތަ އަންހެނުން ބުނެ އުޅޭ ބަހަކީ " ބަތް ތަށީގެ އެއް ފަޅިން ކާކަށް ބޭނުމެއް ނޫން " މިހެނެވެ. ހަގީގަތަކީ 2 އަނތްބަށް މީހުންނާއި އިނުމުގައި ދޮށީ އަނބީގެ ހުއްދަ ހޯދަން ނުޖެހޭކަމެވެ. އެހެންކަމުން އެކަމާއި ދެކޮޅު ހެދޭނެ ޖާގައެއް އެއްވެސް އަންހެނަކަށް ލިބިގެން ނުވެއެވެ. ކީރިތި ޤުރުއާނުގައި ﷲ ތައާލާ ވަހީ ކުރައްވާފައިވެއެވެ، " وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَٰثَ وَرُبَٰعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَٰنُكُمْ ۚ ذَٰلِكَ أَدْنَىٰٓ أَلَّا تَعُولُوا۟ " (4:3)، މާނައީ؛

 ޔަތީމުންނާމެދު، އަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެން ކުދިންނާ ކާވެނިކުރުމުގައި، އަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، އަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.

އަނބިންގެ ޝަކުވާ އާއި މެދު ދެން ވިސްނާލަމާތޯއެވެ!! މިކަމާބެހޭ ގޮތުން އަނބިންގެ ހިޔާލުތައް ހިއްސާ ކޮށްލީމެވެ.

1 " 2 އަނބިންނާއި  އިންނަންވާނީ ދީނުގަ ވާޖިބު ކޮށްފައިވާ އެހެން ކަންތައްތައް ވެސް އަދާ ކުރުމަށް ފަހު، ގިނަ ފަހަރު ފަތިސް ނަމާދާއި ވާޖިބު ދަރަޖައިގައިވާ، ފަތިސް ނަމާދުގެ އިހު ސުންނަތްވެސް ނުކުރެވިގެން އުޅެނީ"

2 " އިންނަން ގަސްތުކޮށްގެން އަހަރެންގެ ފިރިމީހާ ބުނީ ޒުވާން ރީތި އަންހެނަކާ، ހިތް ނިޔަތް ރަނގަޅު ނަމަ ނިކަމެތިން ތިބޭނެ، އޭގެން އަންހެނަކާއި ކައިވެނި ކުރަން ނޫޅެނީ ކީއްވެ"

3 " ފުރަތަމަ ކަމަކަށް މިހާރު ހުރި އަނބިމީހާ އާއި ދަރިންގެ ކަންތައް އިސްލާމްދީނުގައި އޮތްގޮތަށް ކުރެވޭތޯ ބަލާފަ ދެއަނތްބަށް މީހުންނާ އިންނަވާހަކަ ދައްކަބަލަ އޭރުން މާ ތާހިރުވާނެ"

4 " އެނޫން ކަމެއް އިސްލާމް ދީނުގަ ކުރަން އަންގަވާފަ ނެތީތަ "

5 އަހަރެންނަށް އޯކޭ މީހަކާ އިނަސް އެކަމަކު ދީނުގައި މީހުންނާއި އިނުމުގައި އިސްކަމެއް ދީފައިވާ ކަންކަމަށް ބަލާފަ އިންނަންވާނީ "

މިފަދަ ޖަވާބުތަށްދީ މިކަމުގައި ދެކޮޅުވެރިވަނީ މާޒީގައި ކަންތައް ފެނިފަ އޮތް ގޮތުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ އިންސާނީ ތަބީއަތް ކަމަށްވެސް ވެދާނެއެވެ. ނޫނީ އެކަމުގެ މުހިންމުކަމާ ހިކުމަތުގެ ހެޔޮކަން ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ.

ނޫނީ އެކަމުގެ ސަބަބެއް ކަމުގައި އެވަނީ ހަސަދައެވެ. އެއީ ޝައިތާނީ ވިސްނުމެވެ.

އެންމެ ހެޔޮކަމެއް ނުކުރެވުމަކީ ދެވަނަ ހެޔޮކަންތައް ދޫކޮށްލަން ޖެހޭ ސަބަބެއްވެސް ނޫނެވެ. ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް ވާންވާނީ އަމަލުތައް ސީދާ ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމެވެ. އިންސާނުންނަކީ ހަގީގަތުގައިވެސް ކަންކަމުގައި ފަރުވާ ކުޑަ ކުރެވޭބައެކެވެ. މިކަމުގައި އަންހެނުންނާއި ފިރިހެނުންނެއް އިސްތިސްނާ ވުމެއް ނެތެވެ. 2 އަތްބަށް މީހުންނާ އިނުމަށް ވާހަކަ ދެކެވޭއިރު ގިނަ އަންހެނުން ނުރުހެނީ ތިމާމެންގެ އުނިކަން ފޮރުވާ ހާލުގައެވެ. ތިމާގެ ފިރިމިހާ ހަލާލު ނޫން އުފަލެއް ހޯދަމުން ދިޔަނަމަވެސް އެކަމުގެ ފަރުވާލެއް ނުވާ އަނބިން ތިބެއެެވެ. މައްސަލަ ގޯސްވަނީ ކައިވެނި ކުރަން ބޭނުންވުމުންނެވެ.

ދެ އަނތްބަށް މީހުންނާއި އިނުމުގައި އިސްލާމް ދީނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަންކަމަކީ ﷲ އަށްޓަކައި ކައިވެނި ކުރުމެވެ. މިސްކީނަކަށް ނުވަތަ ޔަތީމަކަށް އެހީވުމުގެ ގޮތުން ކައިވެނި ކުރުމެވެ. އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީ ވުމުގެ ނިޔަތުގައި ކައިވެނި ކުރުމެވެ. ދުނިޔަވީ އުފަލާއި އަރާމަށްޓަކައި ކައިވެނި ނުކުރުން. ޒިނޭ ފަދަ ފާހިޝް އަމަލުތަކުން ތިބާގެ ނަފްސު ސަލާމަތް ކުރުމަށް ޓަކައި ކައިވެނި ކުރުމާއި، މިފަދަ ކަންކަމެވެ. 

މިދެންނެވި ކަންކަމަށް ބެލުމަށްފަހު ކައިވެނި ކުރުމަށް ގަސްތު ކޮށްފިނަމަ ތިބާގެ ފިރިމީހާ އެހެން އަންހެނަކާއި އިނުމަށް ރުހޭނަންތޯ، މިއީ ފިރިހެނުންގެ ހިތުގައި އުފެދޭނެ ސުވާލެއްކަން ހަނދާން ހުންނާނެބާއެވެ؟ މިފަދައިން ތިބާގެ ފިރިމިހާ ކައިވެނި ކުރުމަށް ރުހޭ އަންހެނަކު ތިޔަ ލޮބުވެތި އުހްތާއަށް ދައްކަން ކެރޭނެތޯއެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *