ސްރީލަންކާ ގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަކީ ޓެރެރިސްޓުން ނޫން ކަމަށް ވިދާޅުވެ، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ މުސްލިމު ކޮމިއުނިޓީ ދިފާއު ކޮށްދިނުމަށް އެގައުމުގެ ރައްޔިތުންގެ ކައިރިން އެދިވަޑައިގަނެފިއެވެ.

ސްރީލަންކާއަށް ދިން ޓެރެރިސްޓު ހަމަލާއަށް ފަހު، މިއަދު އެގައުމުގެ ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވީ، ލަންކާގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަކީ ޓެރެރިސްޓުންނެއް ނޫން ކަމަށާއި، އަދި އައިއެސް އާއި ގުޅުން އޮންނަނީ ލަންކާގައި ދިރިއުޅޭ މަދު މީހުން ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ, ލަންކާގެ ކޮންމެ މުސްލިމަކީ ޓެރަރިސްޓެއްކަމަށް ދެކިގެން ނުވާނެކަމަށާއި ލަންކާގެ މުސްލިމުން ދިފާއުކޮށްދިނުމަކީވެސް މިއަދު ކަންކާގެ ކޮންމެ ރައްޔިތަކު ކުރަންޖެހޭކަމެއް ކަމުގައެވެ.

ސްރީލަންކާއަށް އާދިއްތަ ދުވަހު ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ އެތައް ރައްޔިތުން ތަކެއް މަރުވެ ގިނަ އެތައް ސަތޭކަ މީހުން ޒަހަމު ވެފައެވެ. އަދިވެސް ލަންކާގެ މަޝްރަހު ރަނގަޅަށް ހަމައަށް ނޭޅޭއިރު، ގިނަ ގައުމުތަކަކުން ދަނީ އެގައުމުގެ ތަކުގެ ރައްޔިތުންނަށް ލަންކާ އަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *