ދެއަހަރާ ބައިވަންދެން ބޭނުން ކުރުން ހުއްޓައިލާފައި އޮތް ވިލިމާލޭ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ވިލިމާލޭ ސަހަރާގައި މީހުން ވަޅުލުން ހުއްޓައިލާފައި އޮންނަތާ ދެ އަހަރާއި ހަ މަސް ދުވަސް ވެއްޖެކަމަށާއި، ނަމަވެސް އަލުން ވިލިމާލެ ސަހަރާގައި މީހުން ވަޅުލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ސަހަރާ ބޭނުން ކުރަން ފަށާނީ ހިނަވާގެ ސާފުކޮށް މަރާމާތު ކުރުމަށް ފަހު ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު ވިލިނގިލީ ހެޔޮއެދޭ ފަރާތްތަކުން ސަހަރާ ސާފުކޮށްދީފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ ސަހަރާތަކާއި މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލް ގެ ދަށަށް ބަދަލުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *