އެމެރިކާގެ އިލިނޮއިސްގެ ޒުވާނަކު އޭނާގެ އައިފޯން އެކްސް ނުހުޅުހުވިގެން ކައިރީގައި ހުރި އެޕަލް ސްޓޯރެއްގައި މައްސަލަ ޖައްސައިފިއެވެ.
އޭނާގެ ފޯނު ނުހުޅުވިގެން އުޅޭތާ 24 ގަޑިއިރު ވީިއިރު، މައްސަލަ ގޯސް ވުމަށް މަގުފަހިވި ކަމަކީ އެ ޒުވާނާ އޭނާގެ ފޯނު ފޭޝަލް ރިކޮގްނިޝަން ބޭނުންކޮށްގެން ނޫނީ ނުހުޅުވޭ ގޮތް ހެދުމެވެ.
ކަންދިމާކުރިގޮތުން އެދުވަހު ހެނދުނު އެ ޒުވާނާ ހޭލިއިރު އޭނާގެ ނިއްކުރީގައި ވަނީ ބޮޑު ބިއްސެއް ނަގާފައެވެ. އަދި ފޯނު ހުޅުވަން އެތައް ކަމެއް ކުރި އިރުވެސް އޭނާ ވަނީ ނާކާމިޔާބު ވެފައެވެ.
"އަހަރެން ފޯނު ހުޅުވަން ނުކުރާކަ ކަމެއް ނެތް، ބިހި ފޮރުވަންް އަހަރެންގެ އަންހެން ކޮއްކޮގެ މޭކަޕް ވެސް ބޭނުންކޮށްފިން" ޒުވާނާ ބުނެފައިވެއެވެ. " އަހަރެން މި އިންތިޒާރު ކުރަނީ ވަޒީފާއާއި ބެހޭ ވަރަށް މުހިންމު ފޯން ކޯލަކަށް، އަހަންނަށް އަދިވެސް މިކަން ޔަގީނެއް ނުކުރެވެ"
އެޕަލް އިން އެ ކުންފުނީގެ ހަރަދުގައި ޒުވާނާގެ މޫނުގައިވާ ބިހި ނަގަން ސާޖަރީއެއް ވެސް ކޮށްދިނުމަށް ވަނީ އެއްބަސް ވެފައެވެ. ނަމަވެސް ޒުވާނާ ބުނިގޮތުގައި އޭނާ އެކަން ބޭނުމެއް ނޫނެވެ އަދި މިހެން ވެދާނެ ކަން އިނގޭނަމަ އޭނާ ގަންނާނީ ނޮކިއާ 3310 އެއް ކަމުގައިވެސް ޒުވާނާ ބުނެފައިވެއެވެ.
އެޕަލް ކުންފުންޏަކަށްވެސް މިކަމަށް ހައްލެއް ނުފެނުނެވެ. އެ ޒުވާނާ އިތުރަށް ބުނި ގޮތުގައި އެ ބިހި އެއީ ދިރުންވާ އެއްޗެކެވެ.