މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްކޮށް ހުންނަވައިގެން އަލަށް އުފެއްދި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ އާންމު ޖަލްސާއެއް ރޭ ބާއްވައި ޕާޓީގެ ކައުންސިލާ، އަސާސީ ގަވާއިދު ފާސްކޮށްފިއެވެ.

317 މެމްބަރުން ބައިވެރިވި މި ޖަލްސާގައި ޕާޓީގެ ލީޑާޝިޕަށް ބޭފުޅުން އައްޔަން ކުރުމާއި ލޯގޯ އަދި ކުލަ ވަނީ ފާސްކޮށްފައެވެ.

އެގޮތުން ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި 15 ބޭފުޅަކު ލީޑަޝިޕަށް އައްޔަން ކުރެވިފައިވާއިރު، ޕާޓީގެ ކުލައިގެ ގޮތުގައި ރަތް ކުލައާއި، ހުދު ކުލަ އަދި ކަޅުކުލަ ވަނީ ފާސް ކޮށްފައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ޕާޓީގެ އަމާޒަކަށް ވާނީ މަސައްކަތްތެރިންނަށް އެމީހުންގެ ހައްގު ލިބެންވާ މިންވަރަށް ހައްގުތަށް ހޯދާދިނުން ކަމަށެވެ. އެގޮތުން ޕާޓީތަކުން ކުރިއަރުވަނީ ވެރިންނާއި ވިޔަފާރިވެރިންގެ ވިސްނުން ކަމަށާއި ރާއްޖެ ކުރިއަރައި ދިއުމަށް އެފިކުރު ބަދަލު ކޮށް މަސައްކަތްތެރިންވެސް ކުރިއަރުވަން ޖެހޭ ކަމަށެވެ.

ޖަލްސާ ޝަރަފުވެރިކޮށް ދެއްވާފައިވަނީ އިޖުތިމާއީ ގޮތުން ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޝިހާބުއެވެ. މީގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ލަތީފް އަކީ އަދީބުގެ އެމްޓީޑީ ގެ އާންމު ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި އެމްޓީޑީގެ އާންމު ޖަލްސާގައި އަދީބުގެ ދިފާއުގައި ގިނަ ވާހަކަތަކެއްވެސް ވަނީ ދައްކާފައެވެ.

ޕާޓީގެ ލީޑާރޝިޕަށް ހަމަޖެއްސި ބޭފުޅުން:

  • އަބްދުﷲ ހަސީން - 315 ވޯޓު
  • މައުރޫފް ޒާކިރު - 315 ވޯޓު
  • އަބްދުލް މަޖީދު އަބްދުލްކަރީމް - 317 ވޯޓު
  • އަހުމަދު ޝިހާމް - 317 ވޯޓު
  • އާލާ އިބްރާހީމް ރަޝީދު - 316 ވޯޓު
  • އިބްރާހީމް މުޖުތަބާ - 313 ވޯޓު
  • ޒިޔާދު ރަޝާދު - 315 ވޯޓު
  • މުހައްމަދު ފުރުގާން - 313 ވޯޓު
  • މުހައްމަދު ސޯދިގު - 315 ވޯޓު
  • އާމިނަތު ޝާހީ - 313 ވޯޓު
  • ހިންނާ ހާލިދު - 310 ވޯޓު
  • އަލީ އަކްރަމް - 310 ވޯޓު
  • ޝަމްޝީރު ރިލްވާން - 305
  • އާދަމް ޝިފާއު - 312
  • އަލީ ނާޒިމް - 310
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *