ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިޙާން ހުސެން މަނިކާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި މުހައްމަދު ހުސެއިން ޝަރީފް، (މުންދު)ގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އިންތިހާބުކޮށްފިއެވެ.
ޕީއެންސީގެ ނައިބު ރައީސުންގެ މި ހަތަރު ބޭފުޅުން އިންތިހާބު ކުރައްވާފައިވަނީ މިހާރު ކުރިއަށްދާ އެޕާޓީގެ ފުރަތަމަ ކޮންގްރެސްގައެވެ.
މި ހަތަރު ބޭފުޅުންގެ އިތުރުން ޕީއެންސީގެ ނައިބު ރައީސްކަމަށް ވާދަކުރައްވާފައިވަނީ ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލެއެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތިލި ބޭފުޅުނަށް ލިބުނު ވޯޓުގެ އަދަދު:
1- މުހައްމަދު ހުސެއިން ޝަރީފް(މުންދު): 122 ވޯޓު
2-އިބްރާހިމް ސުޖާއު: 122 ވޯޓު
3- މުހައްމަދު ސައީދު: 120 ވޯޓު
4- އަހުމަދު ނިޙާން ހުސެން މަނިކު: 126 ވޯޓު
5- މުހައްމަދު ނިމާލް( ފެނަކަ ނިމާލް): 39 ވޯޓު
ޕީއެންސީގެ ކޮންގްރެސްގައި ޖުމްލަ 139 މަންދޫބަކަށް ވޯޓުލާފައިވެއެވެ.
ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް ހަތަރު ބޭފުޅަކު އިންތިހާބުކޮށްފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދު ބަދަލުކުރުމަށް ފަހުގައެވެ.