އެއްލައިދޫ ރިސޯޓުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.

މަރުވެފައިވަނީ ބިދޭސީއެއް ކަމާއި، މިމީހާ މަރުވެފައި ވަނީ ދެ ބިދޭސީން ދެމެދުގައި ހިނގި މާރާމާރީއެއްގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭގެ 21:50 ހާއިރު އެވެ. މައުލޫމާތު ލިބޭގޮތުގައި އެއްލައިދޫ ރިސޯޓުގައި މިހާދިސާގައި ހިނގާފައިވަނީ ސްރީލަންކާގެ ދެމީހުން މަސްތުވެގެން ތިބެ ހިންގި މާރާމާރީ އެއްގެ ތެރޭގައެވެ. މި މާރާމާރީގައި މަރުވި މީހާގެ މެއަށް ވަނީ ވަޅިޔަކުން ހަމަލާ ދީފައެވެ.

ފުލުހުންގެ މީޑިއާ އިންވެސް ވަނީ އެއްލައިދޫ ރިސޯޓްގައި މާރާމާރީއެއް ހިނގިކަން ކަށަވަރު ކޮށްދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އދ.މަހިބަދޫގައި ތިއްބަވާ ފުލުހުން މިހާރު ދަނީ އެއްލައިދޫ ރިސޯޓަށް ދަތުރު ކުރަމުންނެވެ.

ހަށިގަނޑު މަހިބަދޫއަށް ގެންދިއުމަށް ޓަކާ ރިސޯޓްގެ ލޯންޗަކަށް ހަށިގަނޑު އެރުވިނަމަވެސް,  ފުލުހުން ވަނީ ހަށިގަނޑު އެއްވެސް ތަނަކަށް ނުގެންގޮސް ރިސޯޓްގައި ބޭއްވުމަށް އަންގާފައެވެ. މިހެންކަމުން އަދިވެސް މި މީހާގެ ހަށިގަނޑު އޮތީ ރިސޯޓުގައި ބާއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *