'ޕެޓް'ގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ތަކަށް ސިއްހީ ހިދުމަތް ދިނުމަށް ހާއްސަ ކްލިނިކެއް މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. ވިލިމާލޭގައި ހުންނަ މި ކްލިނިކަށް ދެއްކުމަށް އެޕޮއިންޓްމަންޓަކަށް 50 ރުފިޔާ ދައްކަން ޖެހެއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވި ކްލިނިކުން ބުނީ، ޖަނަވާރަށް ވެކްސިން ދިނުމަށް ނަގަނީ 50 ރުފިޔާ ކަމަށާއި، ނަމަވެސް މިވަގުތު ކްލިނިކުގައި ވެކްސިން ނެތުމުގެ ސަބަބުން، ވެކްސިން ޖަހަން ބޭނުން ވާނަމަ އަމިއްލަ އަށް ވެކްސިން ހިފައިގެން އައުމުން އެ ހިދުމަތް ލިބޭނެ ކަމަށެވެ.

މީގެ އިތުރަށް ޖަނަވާރުތައް އުޅޭ ތަންތަން ދެނެގަތުމަށް މައިކްރޯ ޗިޕް ލެއްވުމުގެ ހިދުމަތާއި، ޖަނަވާރު ނުވިހާ އޮޕްރޭޝަން ކުރުމުގެ ހިދުމަތްވެސް މި ކްލިނިކުން ލިބޭނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިއިން ކޮންމެ ހިދުމަތަކަށް ވެސް 100 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ކްލިނިކުން މައުލޫމާތު ދީފައި ވެއެވެ.

ޖަނަވާރު ބަލާ ޑޮކްޓަރު، ޖަނަވާރު ބައްލަވާނި ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހެނދުނު 9އަކުން މެންދުރު 2 އަށް ކަމަށާއި، އަދި އެޕޮއިންޓްމެންޓް ހެއްދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ރިސެޕްޝަނުން ފޯމެއް ނަގަން ޖެހޭނެ ކަމަށް ކްލިނިކުން ބުންނެފައި ވެއެވެ.

ޖަނަވާރުންނަށް ފަރުވާދޭ ހިދުމަތް ރާއްޖެގައި ތައާރަފުކޮށްފައި ވަނީ ދޫންޏާއި ބުޅާފަދަ ޖަނަވާރުތައް ޕެޓުގެ ގޮތުގައި ގެންގުޅުން ރާއްޖޭގައި އިތުރުވަމުން އަންނައިރު އެ ފަދަ ޖަނަވާރުތަކަށް ބޭނުންވާ ސިއްހީ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ދަނޑިވަޅެއް ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *