ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ދެ ދުވަހަށް ވެފައިވާއިރު، 100 އަށްވުރެ ގިނަ ސުކޫލުތަކުގެ ކިޔެވުން އެއް ދަނފަޅިއަކަށް ބަދަލު ކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަނީ ސުކޫލު ތަކުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލު ކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަލުން އެއް ދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރަން ނިންމަވާފަ އެވެ. އެކަމަށްޓަކައި ސްކޫލްތަކުގެ އޮޑިޓެއް ހެދުމަކީ އެމަނިކުފާނުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރެއިން ވައުދެކެވެ.
މާލެ އާއި އަތޮޅުތަކުގެ 213 ސްކޫލްގެ ތެރެއިން 134 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށާއި ބާކީ 79 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ހާލަތު ދެނެގަތުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވިއެވެ.
މީގެ އިތުރުން ހާލަތު ދެނެގަތުމުގެ މަސައްކަތް ނިމި ވަކި މުއްދަތެއްގައި ތެރޭގައި ހުރިހާ ސްކޫލެއް ވެސް އެއް ދަންފަޅިއަށް ބަދަލު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.